އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނީގެ 290 މުވައްޒަފުން ޗުއްޓީހޭދަކޮށްލުމަށް ރާއްޖޭއަށް

ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލް އެއްމަންޒިލް

އިންޑިއާގެ ބޮޑު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ރިލަޔަންސް ގްރޫޕުގެ 290 މުވައްޒަފުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް މިއަދު އައިސްފިއެވެ.

މި މުވައްޒަފުން ރާއްޖެ އައިސްފައިވަނީ ސްރީލަންކަން އެއަރލައިންސްގެ ދެ ފްލައިޓެއްގައެވެ.

ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އެޖެންޓް އިނާ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާގު މަޢުލޫމާތު ދެއްވިގޮތުގައި، މި ގްރޫޕުން ޗުއްޓީ ހޭދަކުރާނީ ރ. އަތޮޅުގައި ހިންގާ ރާޔާ ބައި އެޓްމޮސްފިއާ ރިސޯޓުގައެވެ. އަދި މިއީ ރިލަޔަންސް ގްރޫޕުގެ އެތެރޭގެ ހަފްލާއަކަށް ރާއްޖެ އައި ދަތުރެކެވެ.

ފިރާގު ވިދާޅުވިގގޮތުގައި، ރާއްޖެ-އިންޑިއާގެ ނުތަނަވަސްކަމަށް ފަހު އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމަށް ފަހު އިންޑިއާގެ ކުންފުންޏެއްގެ ބޮޑު ގްރޫޕެއް ރާއްޖެ އައި މިއީ ފުރަތަމަ ފަހަރެވެ. މިކަމުން ދޭހަކޮށްދެނީ އިންޑިއާގެ ރައްޔިތުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އަލުން އިތުރުވަމުންދާކަމެވެ.

"މިއީ އިންޑިއާ މާކެޓް ރަނގަޅުވާކަމުގެ ވަރަށް ބޮޑު ހެއްކެއް މިވަރުގެ ބޮޑު ގްރޫޕެއް ރާއްޖެ އައުމަކީ،" ފިރާގު ވިދާޅުވިއެވެ. އަދި އިންޑިއާ މާކެޓު ރަނގަޅުވުމުގެ ކޮޅުމަތި ފެންނާތީ އަންނަ އަހަރު އިންޑިއާ މާކެޓް އަނެއްކާވެސް ރަނގަޅުވާނޭ ކަމަށް އޭނާ އަންދާޒާ ކުރައްވައެވެ.

މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެ، 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފައެވެ. ނަމަވެސް މިދިޔަ އަހަރު އެންމެ މަތީގައި އޮތް އިންޑިއާ މާކެޓް ވަނީ މިހާރު ހަ ވަނައަށް ވެއްޓިފައެވެ. އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 100,000 ޓޫރިސްޓުންނަށް ވުރެ މަދު އަދަދެކެވެ.

މިފަހުން ރައީސް މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ-އިންޑިއާގެ ގުޅުން އަނެއްކާވެސް ވަނީ ރަނގަޅުވެފައެވެ. އަދި އެ ދަތުރުފުޅުގައި ރައީސް ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ޓުއަރިޒަމް ދާއިރާގެ ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy