ހުރަވަޅި ބީޗް ރިސޯޓު
ހުއްދަ ނުހޯދައި ރަށުގައި ބޮޑުހިލަ ޖެހުމުން ހުރަވަޅި ބީޗް ރިސޯޓު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، ރިސޯޓުން ބޮޑުހިލަ ޖަހާފައިވަނީ ރަށުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ކަމަށެވެ.
އީޕީއޭ އިން އިތުރަށް ބުނެފައިވަނީ، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ދަނެގަންނަ ރިޕޯޓު (އީއައިިއޭ) ނުހަދައި ކަމަށެވެ. އަދި މިހާ ކުޑަ އަދަދަކުން ޖޫރިމަނާ ކޮށްފައިވަނީ، މިއީ އެ ރިސޯޓުން މިފަދަ ކުށެއް ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ ކަމަށްވެސް އީޕީއޭ އިން ބުނެފައިވެއެވެ.
މި މައްސަލައިގައި ހުރަވަޅި ރިސޯޓު ޖޫރިމަނާ ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ރިސޯޓަށް އަންގާފައިވާ ކަމަށް އީޕީއޭ އިން މައުލޫމާތު ދީފައިވެއެވެ.
ހުރަވަޅި ރިސޯޓަކީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ރިސޯޓެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް