ރައީސްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވާ ގޮތަށް ނިންމަވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަންގަވާ ގޮތަށް ނިންމަވައި އެކަން މިއަދު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އެ މަނިކުފާނުގެ މުސާރައިން %50 ޕަސެންޓް ނުނެގުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

ރައީސާއި ނައިބު ރައީސް މުސާރަ ކަނޑައެޅުމުގެ ގާނޫނުގެ ދަށުން މިހާރު ރައީސްގެ މުސާރައަކީ މަހަކު 100،000ރ. އެވެ. އެހެންވެ، މި ނިންމެވުމާ އެކު ރައީސަށް ދެން ލިބިވަޑައިގަންނަވާނީ 50،000ރ. ގެ މުސާރައެކެވެ.

"މީގެ އިތުރުން އަޅުގަނޑުގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސް މިއަދު ވަނީ ދައުލަތުގެ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް، މުސާރައިން %10 އިންސައްތަ ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރަން ހުށަހަޅަން ނިންމަވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއީ މަޖިލީހަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި އެމަނިކުފާނު އެޅުއްވި ފިޔަވަޅުތަކެކެވެ.

މި ފިޔަވަޅުތައް އެޅި ނަމަވެސް، 12،000ރ. އަށް ވުރެ ދަށުން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރާނެކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy