ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ދައުލަތުގެ މުސާރަތައް ކުޑަކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައި، އެކަން ތަންފީޒުކުރަން އަންގަވައިފި އެވެ.

މިގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މުސާރަތަކުގެ ޚަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް މިރޭ އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އިންސައްތަ އުނިކުރުން

- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އިންސައްތަ އުނިކުރުން

- ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90,000 ރުފިޔާ ކަމަށް ކަނޑައެޅުން

- ޝަރުޢީ ދާއިރާގެ އިސްވެރިންން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން %10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން

މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކަށް ދަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، 12,000 ރުފިޔާއިން ފެށިގެން ދަށުގެ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފަ އެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާތީ އެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ދަރަންޏާއި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމުލަ 8.2 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން %116 އިންސައްތަ  އާ އެއްވަރުގެ އަދަދެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy