---
ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހްސަން ބަޝީރު މަރާލި މައްސަލައިގައި، ޝަހުމް އާދަމް މެރުމަށް ހައިކޯޓުން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.
2011 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ މެންދަމު 3:20 ގައި ތޫނު އެއްޗަކުން ހަމަލާދީ އަހުސަން މަރާލި މައްސަލައިގައި ޝަހުމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.
އެހެންނަމަވެސް ހައިކޯޓުން ވަނީ މި މައްސަލައިގައި ޝަހުމްގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އަހުސަން މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަހުމްގެ މައްޗަށް ސާބިތުވާ ކަމަށާއި، އަދި ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އިސްލާމީ ޝަރީއަތުގެ ދަށުން ޝަހުމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށްވާތީ އޭނާ މެރުމަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ 2021 އޮކްޓޫބަރު 12 ވަނަ ދުވަހު އެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ޖަލަށް ލުމަށްވެސް ހައިކޯޓުން ހުކުމް ކުރި އެވެ.
ޝަހުމްގެ މައްޗަށް ހައިކޯޓުން މަރުގެ ހުކުމެއް އިއްވިއިރު އޭނާ ގެންދިޔައީ މަރުގެ އެހެން މައްސަލައެއްގައި އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
އަހްސަން ބަޝީރު މަރާލި މައްސަލައިގައި ޝަހުމްގެ މައްޗަށް މަރުގެ ހުކުމެއް ހައިކޯޓުން އިއްވުމުން އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 4 ސެޕްޓެމްބަރު 2022 އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް