ޤައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޤައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ޤައުމީ ލޯތްބާއި، ޤައުމީ ޚިދުމަތާއި، ޤައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ޤައުމުގެ ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

 

ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ޤައުމީ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމައިފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމު ކުރިން ވިދާޅުވެފައި ވަނީ، "ހާލު ކިހިނެތް؟" ނަމުގައި ފަށާ އެ ޕްރޮގްރާމަކީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ އާއިލާތަކަށް ވުޒާރާގެ ފަރާތުން ޒިޔާރަތްކޮށް ހާލު ބަލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އާއިލާތަކަށް ޒިޔާރަތް ކުރުމުގެ ތެރޭގައި އެ އާއިލާތަކުގެ ދަތިތަކާ ހާލު ދެނެގަނެވި، އެ ފަރާތްތަކުގެ ދަތިތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy