ގޭބީސީތަކަށް ކައްކާ ގޭސް ލިބުމުގައި ދަތިކަމެއް ނެތް: މޯލްޑިވް ގޭސް

މޯލްޑިވްސް ގޭސް

މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުޙައްމަދު މިއަދު ވިދާޅުވެފައިވަނީ އާންމު ގޭބީސީތަކަށް ކައްކާ ގޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ.

އަބްދުﷲ ވިދާޅުވީ 2 ކިލޯ، 5 ކިލޯ އަދި 10 ކިލޯގެ ގޭސް ފުޅިތައް ލިބުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް 45 ކިލޯގެ ގޭސް ފުޅިތަކުގެ ކުޑަ ޝޯޓޭޖެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުﷲ ވިދާޅުވީ މާދަމާ އައު ގޭސް ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށާއި، އޭގެ ފަހުން މެންދުރުން ފެށިގެން 45 ކިލޯގެ ގޭސް ފުޅިތައް ވެސް ލިބުމުގައި ދަތިކަމެއް ނުހުންނާނެ ކަމަށެވެ.

ގޭސް ޝިޕްމަންޓު ލަސްވެފައިވަނީ ސަޕްލަޔަރުގެ ފަރާތުން ދިމާވި ލަސްކަމެއްގެ ސަބަބުން ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އަދި މި ލަސްކަމަކީ މޯލްޑިވް ގޭސްގެ މާލީ ދަތިކަމެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށާއި، މި އަހަރު ކުންފުންޏަށް 30 އިންސައްތައިގެ މާލީ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވް ގޭސްއަށް ގޭސް ސަޕްލައި ކުރަނީ ހުޅުވާލެވިފައިވާ ބިޑަކުން ހޮވޭ ފަރާތަކުން ކަމަށާއި، މިހާރު ގޭސް ގެންނަނީ ދުބާއީގެ ކުންފުންޏަކުން ކަމަށް މޯލްޑިވް ގޭސްއިން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy