ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

މީރާ

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލެއްވި ދެ ބޭފުޅުންނަކީ ފާޠިމަތު އަމީޒާ (ކޯޒީރައުންޑް / ގދ. ގައްދޫ) އާއި މިހާރު އެ މަޤާމުގައި ހުންނެވި އަސްމާ ޝަފީޢު (ވައިޖެހޭގެ / ހއ. އިހަވަންދޫ) އެވެ.

ރައީސް އޮފީހުން މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ މި ދެ ބޭފުޅުންގެ ނަން ދިރާސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. މިހާރު މި މަޤާމުގައި ހުންނެވި އަސްމާ ޝަފީޢުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. އަސްމާ މި މަޤާމަށް އައްޔަންކުރެވިފައިވަނީ 2019 ވަނަ އަހަރުއެވެ.

އަސްމާ ޝަފީޢު ވަނީ 1999 ވަނަ އަހަރުން ފެށިގެން އޮޑިޓާއި އެކައުންޓިންގއާ ގުޅޭ އެކި މަޤާމުތަކުގައި ޚިދުމަތްކުރައްވާފައެވެ. މީގެ ކުރިން އޭނާ ވަނީ މީރާގެ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

މި މަޤާމަށް ހޮވޭ ފަރާތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ދެ ކެންޑިޑޭޓުންގެ ނަންތައް ދިރާސާކުރުމަށްފަހު، އެ ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މަޖިލީހުގެ މެންބަރުން ވޯޓުލައްވައިގެން ފާސްކުރައްވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy