ދުންފަތުގެ ބާވަތްތައް މަނާކުރަން ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން
ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ގަވާއިދާ ޚިލާފުވާ ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގެ ވިޔަފާރި ހުއްދަ ބާޠިލުކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގައި، މަނާ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރި ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި ބާޠިލުކުރުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދީފައިވާ ހުއްދައާ ޚިލާފުވާ ތަންތަނުގެ ހުއްދަ ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ދީފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ދުންފަތުގެ ގަސް ހެއްދުމާއި އުފެއްދުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި، ދުންފަތް އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ވެސް ހުށަހަޅާފައިވެއެވެ. އަދި 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް