ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 42،700 އަށް އަރައިފި

ޣައްޒާގައި ކޮންމެ ދުވަހަކު އެތަށްބަޔަކު ޝަހީދުވަމުންދޭ

އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 42،700 އަށް އަރައިފިކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 115 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

ޞިއްޙީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، އިޒްރާއީލުގެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 100،282 އަށް އަރާފައެވެ. ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި އާއިލާތަކަށް އަމާޒުކޮށް ހިންގި އަނިޔާވެރި ހަތް ޙަމަލާގައި 487 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

"ގިނަ އަދަދެއްގެ މީހުން އަދިވެސް ވަނީ ޢިމާރާތްތަކުގެ ދަށުގައި އަދި މަގުމަތީގައި ތާށިވެފައި. ސަލާމަތްކުރާ ފަރާތްތަކަށް އެ މީހުންނާ ހަމައަށް ވާޞިލުވެވޭ ގޮތެއް ނުވޭ،" ޞިއްޙީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިޒްރާއީލުން އަންނަނީ އެ ގޮވާލުމާ ޚިލާފަށް، ޣައްޒާގެ މައްޗަށް ދޭ އަނިޔާވެރި ޙަމަލާތައް ކުރިއަށް ގެންދަމުންނެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ގާތްގަނޑަކަށް މުޅި އާބާދީ ވަނީ ނިކަމެތިކަމުގެ ތެރެއަށް ވެއްޓިފައެވެ.

ކާބޯތަކެއްޗާއި، ސާފު ފެނާއި، ބޭސްފަރުވާގެ ޚިދުމަތްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ސަރަހައްދުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

40 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy