ހުޅުމާލޭ ޕެޓްކެއަރ ފެސިލިޓީއަށް ވެޓެރިނަރީ ނަރުހުން ހޯދަނީ

ވެޓެރިނަރީ ނަރުހުން ޕެޓްއަށް ފަރުވާދެނީ

މާލެސިޓީ ކައުންސިލުން ހުޅުމާލޭގައި ޤާއިމްކުރާ ޕެޓްކެއަރ ފެސިލިޓީއަށް ގެންނަ ބުޅާތަކަށް ފަރުވާދިނުމަށް ދެ ވެޓެރިނަރީ ނަރުހުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

މި މަޤާމަށް ހޮވޭ ފަރާތްތަކުގެ މުސާރައަކީ 8،130 ރުފިޔާ ކަމަށާއި، އިތުރު އެލަވަންސްތަކާއެކު މަހެއްގެ މައްޗަށް 10،000 ރުފިޔާއަށްވުރެ ގިނައިން ލިބޭނެއެވެ.

މި ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕެޓްކެއަރ ފެސިލިޓީއަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، އާންމު ޗެކަޕްތަކާއި ފަރުވާތަކުގައި ވެޓެރިނޭރިއަންއަށް އެހީތެރިވުން ހިމެނެއެވެ. މީގެ އިތުރުން ބުޅަލަށް ބޭސް ދިނުމާއި، ލޭ ނެގުމާއި، އެކިއެކި ޓެސްޓުތައް ކުރުމާއި، އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުންވެސް ހިމެނެއެވެ.

މާލެސިޓީ ކައުންސިލުން ވަނީ ވެޓެރިނަރީ ނަރުހުންގެ އިތުރުން ވެޓެރިނޭރިއަނެއްވެސް ހޯދުމަށް އިއުލާނުކޮށްފައެވެ. ވެޓެރިނޭރިއަނެއްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 35،000 ރުފިޔާއެވެ. މި ފެސިލިޓީއަށް އަންނަ މަހުގެ ތެރޭގައި ބުޅާތައް ގެންދެވޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެއެވެ.

ހުޅުމާލޭގައި ކެޓްޝެލްޓާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. މި ފެސިލިޓީ ހެދުމަށް އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައިވާއިރު، ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ބިނާ ކުރާ މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ޕެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

15 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy