ހަނިގޮތަކަށް އާސެނަލް މޮޅުވި މެޗުގައި ކަލަފިއޯރީއަށް އަނިޔާވެއްޖެ

ކަލަފިއޯރީ އަށް އަނިޔާވެގެން ބާލަނީ

ޔުއެފާ ޗެމްޕިއަންްސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް އަތުން ހަނިގޮތަކަށް  1-0 އިން އާސެނަލް މޮޅުވި މެޗުގައި އެ ޓީމުގެ އިޓަލީ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އަށް އަނިޔާވެއްޖެ އެވެ.

އާސެނަލް ރޭ މޮޅުވީ ޝަހުތަރުގެ ގޯލްކީޕަރު، ޑިމިޓްރޯ ރިޒްނީކް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އާސެނަލްގެ ގަބްރިއެލް މާޓިނެލީ ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ގޯލަށް ވަނީ ކީޕަރު ރިޒްނީކް ގައިގައި ޖެހިފަ އެވެ.

ފަންސާސް މިލިއަން ޑޮލަރުގެ ޑީލެއްގައި އާސެނަލަށް ސޮއިކުރި ކަލަފިއޯރީ އެ ކްލަބްގެ ޖޯޒީގައި ހަތް ވަނަ މެޗު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު، ރޭގެ މެޗުގައި އޭނާގެ ކަކުލަށް އަނިޔާވެގެން، ބަދަލުކުރަން ޖެހުނީ އިތުރަށް ދަނޑުމަތީގައި ނުހުރެވިގެން މެޗުގެ ދެވަނަ ހާފުގައެވެ.

މެޗަށް ފަހު، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކަލަފިއޯރީގެ އަނިޔާއާ ބެހޭގޮތުން ސީދާ އެއްޗެއް ބުނެވޭނީ ޓެސްޓްތަކަށް ފަހު ކަމަށާއި، ެވަގުތަށް ފެނުނު މަންޒަރުތަކަށް ބަލާއިރު އޭނާގެ އަނިޔާ "ސީރިއަސް" ކަމަށެވެ.  

މި ވަގުތު އާސެނަލް ޓީމަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާއިރު، ކެޕްޓަން މާޓިން އޮޑެގާޑްގެ އިތުރުން ބުކާޔޯ ސަކާ އަދި ޖޫރިއަން ޓިމްބާ އަންނަނީ ފަރުވާ ހޯދަމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ދެން ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލާ ކުޅޭއިރު، އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ހުރީ އެންމެ ފަހުން ލީގު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ސަސްޕެންޝަނެއްގަ އެވެ.

މި ކުޅުންތެރިން އަނިޔާގައި ތިބުމުން އެންމެފަހުން ލީގުގައި އެޓީމުން ކުޅުނު މެޗުތަކުގައި އެތަން ވަރަށް ބޮަޑަށް ދައްކާފައިވަކަން ފާހަގަކުރެވެއެވެ

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy