ބިދޭސީންގެ ފީ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުން އެއް ބިލިއަން ރުފިޔާ ހޯދިއްޖެ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

ވަޒީފާ އަދާކުރާ ބިދޭސީންގެ ފީ ނުދައްކާ ތިބި ވަޒީފާދޭ ފަރާތްތަކުގެ ލިސްޓު އާންމުކުރުމުން، ނުދައްކާ ހުރި 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 1 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ލިސްޓުގައިވާ ފައިސާ ނުދައްކާ ފަރާތްތައް މިހާރު އެކްސްޕެޓް ސިސްޓަމުން ބްލޮކްކޮށްފައިވާ ކަމަށާއި، އެ ފަރާތްތަކަށް ޚިދުމަތް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ދެން ޚިދުމަތް ލިބޭނީ ފައިސާ ދެއްކުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ 100,000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އަރާފައިވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މިނިސްޓްރީން ލިސްޓު ނެރުމުގެ ކުރިން ފައިސާ ނުދައްކާ ފަރާތްތަކަށް އަންގާފައި ވަނީ ދެ ހަފްތާ ތެރޭ ފައިސާ ދައްކާ ޚަލާޞް ކުރުމަށެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، މިހާރު ނުލިބިވަނީ އެންމެ 7 މިލިއަން ރުފިޔާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިފަހުން ވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. މިގޮތަށް ނިންމީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އެޅުން ހަރުދަނާ ކުރުމުގެ ގޮތުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy