އިސްލާމިކް މިނިސްޓަރަށް މަރުގެ އިންޒާރު، ފުލުހުން ތަޙުޤީޤު ފަށައިފި

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ފުލުހުންގެ އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.

ފުލުހުންގެ ބަޔާނުގައި ވާގޮތުން، މި މައްސަލަ އިއްޔެ ސިޓީއަކުން ހުށަހަޅާފައިވެއެވެ. ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރު ދިނުމަށް ދިމާވި ސަބަބު އަދި ސާފުވެފައެއް ވެސް ނުވެއެވެ.

މި ޚަބަރާ ގުޅިގެން، ފަލަސްތީނުގެ ޙައްޤުގައި މުޒާހަރާކުރި ކަމަށް ބުނެ ކުރިން ހައްޔަރުކުރެވުނު ދެ އަންހެނުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް މިނިސްޓަރު ޝަހީމް ގޮވާލި ކަމަށް ބުނާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. މި ދެ އަންހެނުންނަކީ ޝާދިޔާ އަޙްމަދާއި ޑރ. ޝަޒްރާ އިބްރާހީމްއެވެ.

މިނިސްޓަރު ޝަހީމްގެ މެސެޖުތަކުގައި، ރާއްޖެ ނޫން އެހެން ޤައުމެއްގައި މިފަދަ ޢަމަލެއް ހިންގި ނަމަ، އެ ދެ މީހުންނާމެދު ޢަމަލުކުރާނީ މާ ހަރުކަށިކޮށް ކަމަށް ބުނެފައިވާ ކަމަށް ވެއެވެ. މި މައްސަލައާ ގުޅިގެން ޑރ. ޝަޒްރާ ވަނީ މިނިސްޓަރު ޝަހީމަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކުރައްވާފައެވެ.

ނަމަވެސް، މިނިސްޓަރަށް މަރުގެ އިންޒާރު ދިނުމާއި މި ހާދިސާއާ ދެމެދު ގުޅުމެއް އޮތްކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ފުލުހުން މިހާރު މި މައްސަލަ ތަޙުޤީޤުކުރަމުންދާއިރު، އާންމުންގެ މެދުގައި މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

17 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy