މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ޒުވާނުންނަށް އަމާޒުކޮށް ރިމާންޑް ސެންޓަރު އަލުން ހުޅުވައިފި

މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއް

މާލޭގެ މަގުތަކުގައި އުޅޭ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ހޯދައި، ރިމާންޑް ސެންޓަރުތަކަށް ގެންގޮސް ފަރުވާދޭން ފަށަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، މިއަދު ހަވީރުން ފެށިގެން މި މަސައްކަތް ފަށާނެއެވެ. އެންމެ އިސްކަމެއް ދޭނީ ބާޒާރުމަތީ ސަރަހައްދުގައި އުޅޭ މީހުންނަށެވެ. މި ފަރާތްތައް ރިމާންޑް ސެންޓަރަށް ގެންގޮސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދިނުމަށާއި، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ މީހުން މަގުމަތިވެފައިވާ ސަބަބުތައް ދެނެގަނެ، އެކަން ހައްލުކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރިމާންޑް ސެންޓަރަކީ މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ޤާއިމްކުރަން ޖެހޭ ސެންޓަރެކެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކ. ހިންމަފުށީގައި މި ސެންޓަރު ހެދުމަށްފަހު، ވަކި ހިސާބަކުން އޭގެ ހިންގުން ހުއްޓިފައި އޮތެވެ. ނަމަވެސް މިދިޔަ ޖޫން 15 ގައި މި ސެންޓަރު އަލުން ބޭނުންކުރަން ފަށާފައިވެއެވެ.

ފުލުހުންގެ ކުރީގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެފައިވަނީ، ޖޫން 15 އިން 21 އާ ދެމެދު ހަތް މީހަކު މި ސެންޓަރުގައި ބަންދުކޮށްފައިވާ ކަމަށެވެ. މި ސެންޓަރު ހިންގަނީ ފުލުހުން ސެކިއުރިޓީ ބަލަހައްޓާ ގޮތަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިންނެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، މި ސެންޓަރުގެ މައިގަނޑު މަޤްޞަދަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑެލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނަށް، ބަންދުގެ މުއްދަތުގައި އަސާސީ ފަރުވާ ދިނުމެވެ. މި ފިޔަވަޅަކީ މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy