އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ނޭމާ އަނބުރާ ދަނޑަށް

ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ

ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ، އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު އަނބުރާ ދަނޑަށް ނުކުމެ، އަލް ހިލާލްގެ ޖާޒީގައި ފުރަތަމަ މެޗު ކުޅެފިއެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ހިލާލް އާއި އަލް އައިން ބައްދަލުކުރި މެޗުގައި ނޭމާ ކުޅެން އެރީ ބަދަލު ކުޅުންތެރިއތެރިއެއްގެ ގޮތުގައެވެ. އަލް ހިލާލް 5-4 އިން މޮޅުވި މި މެޗުގައި ނޭމާއަށް ލަނޑެއް ޖެހުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ.

މެޗަށްފަހު ނޭމާ ބުނީ އަނބުރާ ދަނޑަށް ނުކުމެވުނު ކަމުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ. އޭނާ ބުނީ ދަނޑުން ބޭރުގައި ހޭދަކުރަން ޖެހުނީ ވަރަށް އުނދަގޫ މުއްދަތެއް ކަމަށާއި، ޓީމުގެ އެހީތެރިކަން ވަރަށް ރަނގަޅު ކަމަށެވެ.

ނޭމާ އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 17 ގައި ބްރެޒިލް އަށް ކުޅެދިން މެޗެއްގައެވެ. އެ މެޗުގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ބޭސްފަރުވާ ކުރަން ޖެހުނެވެ.

މިދިޔަ އަހަރު ޕީއެސްޖީ ދޫކޮށް އަލް ހިލާލްއާ ގުޅުނު ނޭމާގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 400 މިލިއަން ޑޮލަރެވެ. މި ކޮންޓްރެކްޓް އަންނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

2 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

58 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy