ދުންފަތާއި ދެކޮޅަށް ސަރުކާރުން ގިނަ ފިޔަވަޅުތެއް އަޅުއްވަމުން ގެންދަވާ
ދުންފަތާއި އެއިން އުފައްދާ ތަކެތިން ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރު 21 އަހަރަށް އުފުލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މިކަން އިއުލަނު ކުރައްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. މިކަމާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރެވެ. ނަމަވެސް މި އުމުރު 21 އަހަރަށް އުފުލުމަށް ނިންމެވީ "ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި" ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގާނޫނާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް މަޖިލީހަށް ހުށަހަޅާ އިސްލާހުގައި ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ވޭޕްކުރަން ބޭނުންކުރާ ހުރިހާ ބާވަތެއްގެ އެއްޗެހި ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން، އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާވާނެއެވެ. އަދި 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެއެވެ.
ސަރުކާރުން ވަނީ ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމަށްވެސް ނިންމައި، އެކަމަށް ގެންނަންޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ދުންފަތުގެ އިސްތިއުމާލު ކުޑަކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް