އިސްރާއީލުން އީރާނަށް ދިން ހަމަލާއަށް އެމެރިކާއިން ދާއީދުކުރާކަމުގެ އިޝާރާތެއް ބައިޑެން ދެއްވި – އީރާން

އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ވޮޝިންޓަނުން ތާއީދުކުރޭ

ޔުނައިޓެޑް ނޭޝަން ( 22 އޮކްޓޫބަރު 2024)؛ އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގާނޫނާ ހިލާފު އަސްކަރީ ހަމަލާތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސިއްރުން ރުހުން ދެއްވައި، ތާއީދު ކުރައްވާނެ ކަމުގެ އިޝާރާތެއް ބައިޑަން ދެއްވާފައިވާ ކަމަށް އީރާނުން އދއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަނުން ވިދާޅުވެއްޖެއެވެ. އެ މި ޝަނުން އެހެން ވިދާޅުވީ މިދިޔަ ހަފުތާގައި ޖަރުމަނުވިލާތުގައި ބައިޑަން ދެއްކެވި ވާހަކަތަކަށް ހަވާލާދެއްވައި ސަލާމަތީ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައެވެ.

"އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގާ ކޮންމެ ހަރުކަށި އަމަލަކަށް ހިތްވަރުދީ، އެކަމަށް މަގުފަހިކޮށްދިނުމުގައި އެމެރިކާއިން އަދާކުރާ ދައުރުގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ.  އަދި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކާއި ގެއްލުންތަކަށް ވެސް އެމެރިކާއިން ޒިންމާ އުފުލަން ޖެހޭނެ" އީރާނުގެ އދގެ މިޝަނުން އދގެ ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ބާލިންއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިޑަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އީރާނުން ދޭ މިސައިލް ހަމަލާތަކަށް އިޒްރޭލުން ރައްދު ދޭނީ ކިހިނެއް އަދި ކޮން އިރަކުކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލްދެއްވަން އޭނާ ދެކޮޅު ހެއްދެވިއެވެ.

ތެލްއަވީވް އާއި ތެހެރާނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލުކުރުން މި އަހަރު އިތުރުވެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު އިސްރާއީލުން ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީއަށް ބޮން އަޅައި އަސްކަރިއްޔާގެ އިސް އޮފިޝަލުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އޭގެ ދެ ހަފުތާ ފަހުން އީރާނުން އެ ހަމަލާއަށް ރައްދު ދިނީ، އިސްރާއީލުގެ އަސްކަރީ އެތައް މަރުކަޒުތަކަކަށް އެތައް ސަތޭކަ ޑްރޯނާއި ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލައިގެންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy