އިސްރާއިލުން ލުބުނާނުގައި ގެންދަނީ ގަތުލު އާއްމެއް ހިންގަމުން
ބައިނަލްއަޤްވާމީ ގޮތުން ހަނގުރާމަތަކުގައި ބޭނުންކުރުން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރެއް ކަމަށްވާ ވައިޓް ފޮސްފަރަސް ބޭނުންކޮށްގެން، އިސްރާއީލުން ލުބުނާނަށް ބޮން އަޅާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ މި ހަމަލާތަކުގައި މިހާތަނަށް 70 އަށްވުރެ ގިނަ ލުބުނާނު ރައްޔިތުން މަރުވެފައިވާ ކަމަށް ވަނީ އާންމުކޮށްފައެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާ އެޖެންސީން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލުން ވަނީ ވައިގެ މަގުން އެ ގައުމުގެ އަވަށެއް ކަމަށްވާ ކްފަރު ޝުބާއަށް އަމާޒުކޮށް ހަމަލާދީފައެވެ. ފޮސްފަރަސް ހިމެނޭ ބޮންތަކުން ދިން މި ހަމަލާގެ ސަބަބުން އެ ގައުމުގެ ޖަންގަލީގައި ވަނީ އަލިފާން ރޯވެފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ޔަހޫދީ ފައުޖުން ވަނީ އެ ސަރަހައްދާ ކައިރީގައިވާ އަލް-ޤަންތަރާއަށް ވެސް ހަމަލާ އަމާޒުކޮށް، ބެއިރުތުގެ ދެކުނަށް ވެސް ހަމަލާ ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މަދަނީ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
މި އަހަރުގެ މާޗު މަހުވެސް އިސްރާއީލުން ވަނީ ލުބުނާނަށް އަމާޒުކޮށް ވައިޓް ފޮސްފަރަސް ހިމެނޭ ބޮންތަކެއް އަޅާފައެވެ. މި ފަދަ ހަތިޔާރު ބޭނުންކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބެލެވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ހަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް