އެޗްޑީސީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އަށް އެކި ވިޔަފާރިތަކުން ދައްކަންޖެހި ނުދައްކާހުރި ފައިސާ ދެއްކުމަށް ސުންގަޑިއެއް ކަނޑައަޅައި، އެ މުއްދަތުގެ ކުރިން ފައިސާ ނުދައްކައިފިނަމަ އެ ފަރާތްތަކުގެ ނަން އާންމުކުރަން ނިންމައިފި އެވެ.
އެޗުޑީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށެވެ.
އެޗުޑީސީއިން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރާ ތަންތަނަށް ފައިސާ ދައްކަން ޖެހި ނުދައްކާ ހުރި ވިޔަފާރިތަކަށް އެ ފައިސާ ދައްކައި ހަލާސްކުރުމަށް ދީފައިވާ ސުންގަޑިއަކީ 30 ނޮވެމްބަރު 2024 އެވެ.
"ދެންނެވުނު މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު އެ ފަރާތްތަކުގެ މައުލޫމާތާއި މި ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާގެ ތަފުސީލުތައް މި ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ" އެޗުޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެޗުޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް recovery@hdc.mv އީމެއިލް އެޑްރެހަށް މެއިލްކުރުމަށް އެ ކުންފުނިން އަންގާފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް