ރާއްޖޭގެ ދަރަނީގެ މައްސަލަ: ސެންޓަވިއު އެއްބަސްވުން އުވާލައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުން ލަފާ އާއި އިރުޝާދު ހޯދުމަށް ކަނޑައެޅި އެމެރިކާގެ ސެންޓަވިއު ޕާޓްނަރުންނާ އެކު ހެދި އެއްބަސްވުން ރާއްޖޭން އުވާލައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސެންޓަވިއުއާ އެކު އެއްބަސްވުން ހެދީ މަހަކު 55،000 ޑޮލަރު (848،100ރ.) ދައްކަން ޖެހޭ ގޮތަށެވެ. އެ އެއްބަސްވުން އުވާލީ، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުންނެވެ.

"އެއީ ޑޮލަރުން ދައްކަން ޖެހޭ ބޮޑު އަދަދެއްގެ ފައިސާ ކަމަށް ވާތީ، މި ވަގުތު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް، ރައީސް މުހައްމަދު މުއިއްޒުއާ އެކު ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވި ނިންމެވުމެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭން އަމަލު ކުރަމުން އަންނަނީ، ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ދޭދޭ ގައުމުތަކާ އެކު މަޝްވަރާކޮށް، ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު ކަންބޮޑުވާ މިންވަރަށް ގޮސްފައިވާ ކަމަށް ބެލެވެއެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ދަރަންޏާއި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނީގެ ޖުމުލަ 8.2 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 116 އިންސައްތައާ އެއްވަރުގެ އަދަދެކެވެ.

ފާއިތުވި ހަފުތާތަކުގައި ޗައިނާ އާއި އިންޑިއާ އިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޗައިނާއިން ވަނީ މިދިޔަ މަހު ރާއްޖެއާ އެކު މާލީ އެހީތެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އިންޑިއާ އިން މިދިޔަ މަހު ވަނީ ރާއްޖޭގެ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފަސްކޮށްދީ، މި މަހު 750 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ކަރަންސީ ސްވޮޕް އެއްބަސްވުންތަކެއްގައި ރާއްޖެއާ އެކު ސޮއިކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy