ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް
މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާސަންދައިން 1.7 ބިލިއަން ރުފިޔާ ބޭރުގެ ހޮސްޕިޓަލް ތަަކަށް ހޭދަކޮށްފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ވަރަށް ބޮޑެތި އަދަދުތަކުން ރާއްޖެއިން ބޭރު ހޮސްޕިޓަލްތަކަށާއި ފާމަސީތަކަށް ލާރި ދައްކަން ޖެހިފައި ހުރި ކަމަށެވެ. ބައެއް ހޮސްޕިޓަލްތަކަށް ދައްކަން ހުރި އަދަދައް ބަލާއިރު، ހޮސްޕިޓަލެއް ރާއްޖެއިން ބޭރުން ގަންނަ ވަރަށް ބޭރުގެ ބައެއް ހޮސްޕިޓަލްތަކަށް ލާރި ދައްކަން ޖެހިފައި ހުރި ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
އެގޮތުން މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާސަންދައިން 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވައިފައެވެ. ދައުލަތަށް އަހަރަކު ލިބޭ 34 ބިލިއަން ރުފިޔާގެ ތެރެއިން ތިން ބިލިއަން ރުފިޔާ އާސަންދައަށް ޚަރަދުކުރަން ޖެހެއެވެ.
ނާޒިމް ވިދާޅުވީ، މުޅި ދައުލަތުގެ އާމްދަނީގެ 10 އިންސައްތަ މިއަދު އާސަންދައަށް ޙަރަދު ކުރަން ޖެހިފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ، އާސަންދައިގެ ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް