ލިވަޕޫލް އެއްވަނާގައި ހިފަހައްޓަމުންދާ މަޤާމު ދަމަހައްޓައިފި

ލިވަޕޫލު މިވަގުތު އޮތީ ތާވަލުގެ އެންމެ ކުރީގައި

ލިވަޕޫލުން އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނާގައި ހިފަހައްޓަމުންދާ މަޤާމު ދަމަހައްޓައިފިއެވެ.

އެޓީމުން އެއްވަނަ މަޤާމު ކަށަވަރުކޮށްފައި މިވަނީ  ރޭ އަމިއްލަ ދަނޑު އެންފީލްޑްގައި ކުޅުނު މެޗުގައި ޗެލްސީ 2-1 އިން ބަލިކުރުމަށް ފަހުގައެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ މިސްރުގެ ތަރި މުހައްމަދު ސަލާހުވަނީ ޕެނަލްޓީއަކުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނުމުގެ އިތުރުން، އެޓީމު މޮޅުވި ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.  މެޗުގެ ފުރަތަމަ ލަނޑު 29 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ސަލާހެވެ.

ފަހު ހާފު ފެށުމާއެކު ޗެލްސީގެ ނިކޮލަސް ޖެކްސަން މެޗު އެއްވަރުކުރި ނަމަވެސް، 51 ވަނަ މިނިޓްގައި ސަލާހުގެ ހިތްގައިމު ޕާހަކުން ކާޓިސް ޖޯނެސް ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް ލީޑު ހޯދައި ދީފައެވެ. އަދި މި މެޗު ނިމިގެން ގޮސްފައި ވަނީވެސް 2-1 ން ލިވަޕޫލު މޮޅުވެގެންނެވެ.

މި މެޗުގެ ކުރިން ޗެމްޕިއަން މެންޗެސްޓަ ސިޓީ ވަނީ ވުލްވްސް ދަނޑުގައި 1-1 އިން އެއްވަރުވާން ދަނިކޮށް ފަހު ސިކުންތުކޮޅުގައި 2-1 އިން މޮޅުވެ މެޗު ކާމިޔާބުކޮށްފައެވެ. މި ދެ މެޗުގެ ނަތީޖާއާ އެކު ލިވަޕޫލް އެއްވަނާގައި އޮތީ 21 ޕޮއިންޓް ލިބިގެންނެވެ. ސިޓީއަށް 20 ޕޮއިންޓެވެ.

އަންނަ ހަފުތާގައި ލިވަޕޫލަށް ޖެހޭނީ އާސެނަލުގެ ދަނޑުގައި އާސެނަލް އާއި ކުޅޭށެވެ. މިއީ ތާވަލްގެ ކުރީގައި އޮވެ ތަފާތު ބޮޑުކުރުމަށް ލިވަޕޫލަށް ލިބޭނެ މުހިންމު ފުރުސަތެކެވެ. އަދި އަނެއްކޮޅުން 17 ޕޮއިންޓްގައި އޮތް އާސެނަލްއަށް މިއީ ލިވަޕޫލަށް ވުރެ މާ ބޮޑަށް ފަހަތަށް ދިޔަ ނުދިނުމަށް ވަރަށް މުހިއްމު މެޗަކަށް ވެސް ވެގެން ދާނެއެވެ.  

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy