ޓެކްސް ނުދައްކާ ފަރާތްތަކުގެ އެކައުންޓު ފްރީޒްކުރުމުގެ އުސޫލު ހަރުކަށިކޮށްފި

މީރާ

ބޮޑެތި އަދަދުތަކުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުން ނުވަތަ ފްރީޒްކުރުމުގެ އުސޫލު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަރުކަށިކޮށްފިއެވެ.

މީރާއިން އިސްލާހުކޮށް އިއްޔެ ގެޒެޓުކުރި އުސޫލުގެ ދަށުން، މީރާއިން ނޯޓިސް ފޮނުވުމާއެކު ވަކި ޝަރުތުތަކެއް ހަމަވާނަމަ އެކައުންޓު ފްރީޒްކުރެވިދާނެއެވެ. ކުރިން އޮތް ގޮތުން، އެކައުންޓު ފްރީޒްކުރެވޭނީ ނޯޓިސް ދިނުމަށްފަހު 60 ދުވަސް ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމައެވެ.

އާ އުސޫލުގެ ދަށުން، އެކައުންޓު ފްރީޒްކުރުމަށް ހަތަރު ޝަރުތެއް ހަމަވާން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފައިސާގެ އަދަދު މީރާއިން ކަނޑައަޅާ މިންވަރަށްވުރެ މަތިވުމާއި، އިންސްޓޯލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވުމެވެ.

މީގެ އިތުރުން، ނުދައްކާ ފައިސާއަކީ ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކަށް ލިބެންޖެހޭ ފައިސާއެއް ނުލިބުމާ ގުޅިގެން ނުދެއްކިވާ ފައިސާއަކަށް ނުވުމާއި، ނުދައްކާ ފައިސާއާ އަޅައިކެނޑޭނެ އިތުރު ފައިސާއެއް މީރާގެ ރިކޯޑުގައި ނެތުމެވެ.

މި އިސްލާހު އިއްޔެ ގެޒެޓުގައި ޝާއިޢުކުރުމާއެކު އާ އުސޫލަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy