އާމްދަނީ އިތުރުކުރުމަށް އިތުރު ބިލެއް ހުށަހެޅުމުގެ ވިސްނުމެއް ނެތް: ބަންޑާރަ ނައިބު

ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމް

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އިތުރު ބިލެއް ހުށަހެޅުމުގެ ވިސްނުމެއް ނެތްކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވީ އާމްދަނީ އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޮތް ބިލުތައް މިވަގުތަށް ވަނީ ހުށަހަޅައި ނިމިފައި ކަމަށެވެ.

މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާއިން ނެގޭ ތިން ބާވަތެއްގެ ޓެކްސް ބޮޑު ކުރުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައެވެ. މިގޮތުން ހުށަހެޅި ބިލުތަކުގައި ހިމެނެނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީ ބޮޑުކުރުމެވެ.

އުޝާމް ވިދާޅުވި ގޮތުގައި މިވަގުތަށް އާމްދަނީ އިތުރު ކުރުމަށް ހުށަހަޅަން ގަސްތުކުރާ ހުރިހާ ބިލުތަކެއް ވަނީ ހުށަހެޅިފައެވެ. ނަމަވެސް އިތުރު މަޝްވަރާތަކަށްފަހު، އިތުރު ގާނޫނަކަށް އިސްލާހެއް ހުށަހަޅަން ޖެހިއްޖެނަމަ، މަޖިލީހުގެ މިއަހަރުގެ މި ހިނގާ ތިން ވަނަ ދައުރު ތެރޭގައި އެކަން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ މަހު ތެރޭގައި 2024 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު ގާނޫނަކަށް އިސްލާހު ހުށަހަޅަން ޖެހޭ ނަމަ، މަޖިލީހުގެ މިދައުރު ނިމުމުގެ ކުރިން އެކަން ކުރާނެ ކަމަށްވެސް ބަންޑާރަ ނައިބު އިތުރަށް ވިދާޅުވިއެވެ. މަޖިލީހުގެ މި ދައުރު ނިމޭނީ އަންނަ މަހުގެ ނިޔަލަށެވެ. އަދި 2024 ވަނަ އަހަރުގެ ބަޖެޓު މި މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy