ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ވަރުގަދަ ހަމަލާއެއް ދީފިއެވެ.
އިސްރާއީލުގެ ރަސްމީ ފަރާތްތަކުން މި ހަމަލާ ދިންކަން ކަށަވަރުކޮށްދީފައިވާ އިރު، ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގީސާރިޔާ ސަރަހައްދުގައި ހުންނަ ނަތަންޔާހޫގެ ގެއަށް ހިޒްބުﷲއިން ހަމަލާދިނީ މިހާތަނަށް އެޖަމާއަތުން ބޭނުންކޮށްފައި ނުވާވަރުގެ ބާރުގަދަ ޑްރޯނަކުން ކަމަށެވެ. މި ހަމަލާއާއެކު ބާރުގަދަ ގޮވުމެއް އިވި، ނަތަންޔާހޫގެ ގެ ވަނީ ހަލާކުވެފައެވެ.
އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ނާކާމިޔާބުވި ގޮތް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް ހަމަލާދިން އިރު ނަތަންޔާހޫއާއި އޭނާގެ އަންހެނުން ގޭގައި ނެތްކަމަށް އިސްރާއީލުގެ ޗެނަލް 12 އިން ބުނެފައިވެއެވެ. ހިޒްބުﷲގެ ބޭނުމަކީ ނަތަންޔާހޫއަށް ވަރުގަދަ އިންޒާރެއް ދިނުން ކަމަށް މުރާސިލުން ބުނެއެވެ. އަދި ނަތަންޔާހޫއާއި އިސްރާއީލުގެ އިސް އޮފިޝަލުން މަރާލުމުގެ އޮޕަރޭޝަންތައް ހިޒްބުﷲގެ ސްޓްރެޓީޖިކް ލިސްޓުގައި ހިމަނާފައިވާކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެއެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުގެ ގިނަ ބަޔަކު ބިންގަރާސްތަކަށް ވަންނަމުންދާ ކަމަށާއި، ރޭވެސް ހިޒްބުﷲގެ އެތައް މިސައިލަކާއި ރޮކެޓެއް އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހަމަލާއަކީ ހަމާސްގެ ލީޑަރު ޔަހްޔާ އައްސިންވާރު ޝަހީދުވިކަން އިސްރާއީލުން އިއުލާނުކުރުމާ ގުޅިގެން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް