ދައުލަތުގެ ބީލަންތަކުގައި މަކަރުހަދާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އައު އުސޫލެއް ތަޢާރަފުކޮށްފި

ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ބީލަންތަކުގައި މަކަރުހަދާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އައު އުސޫލެއް ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އެކުލަވާލައި ގެޒެޓްކޮށްފިއެވެ.

މި އުސޫލުގެ ދަށުން، ބީލަންތައް ކާމިޔާބުކުރުމުގައި މަކަރުހެދުމާއި މަސައްކަތާ ހަވާލުވުމަށްފަހު މަސައްކަތް ނުކުރުން ފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ފިޔަވަޅު އެޅޭނެއެވެ.

އުސޫލާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި، ޖޫރިމަނާކޮށް ސަސްޕެންޑްކުރާނީ ފިނޭންސް މިނިސްޓްރީގެ 'ޕްރޮކިއުމަންޓް އެޕީލް ބޯޑު' އިންނެވެ. ފުރަތަމަ މައްސަލައެއްނަމަ، މައްސަލައިގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، ބީލަމުގެ ޖުމުލަ އަގުގެ %2.5 އިން ޖޫރިމަނާކުރެވިދާނެއެވެ. ޖޫރިމަނާވި ފަރާތަށް ދައުލަތުން ހުޅުވާ އިތުރު ބީލަމެއްގައި ބައިވެރިވެވޭނީ އެ ޖޫރިމަނާއެއް ދައްކައި ހަލާސްކުރުމަށްފަހުގައެވެ.

ސަސްޕެންޝަނާ ގުޅޭގޮތުން، ފުރަތަމަ ފަހަރު 3 މަހާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް، ދެވަނަ ފަހަރު 2-3 އަހަރާ ދެމެދުގެ މުއްދަތަކަށް، އަދި އިތުރުވާ ފަހަރުތަކަށް 5 އަހަރުގެ މުއްދަތަކަށް ސަސްޕެންޑްކުރެވިދާނެއެވެ. އަދި ސަސްޕެންޑްކުރާ މައްސަލަތަކުގައި އެއްވެސް ސެކިއުރިޓީއެއް ނަގާފައިވާނަމަ އެ ފައިސާ ހިފެހެއްޓުމުގެ އިޚްތިޔާރުވެސް ލިބިގެންވެއެވެ.

ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި އައު އުސޫލުގެ ސަބަބުން ދައުލަތުގެ ބީލަންތަކުގެ ނަޒާހަތްތެރިކަން އިތުރުވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy