ވީއައިއޭ އިން އަތުލައިގަތް މަސްތުވާތަކެތި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިންޑިއާގެ ދެމަފިރިއަކު ގެނައި ދެ ކިލޯގެ ހެރޮއިން ފެނި، އެ ދެމީހުން ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރިގޮތުގައި އަތުލައިގަނެފައިވަނީ 2.05 ކިލޯގެ ހެރޮއިންއެވެ. މި ތަކެތި ފެނުނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ހައްޔަރުކުރެވުނު ދެމީހުންނަކީ 41 އަހަރުގެ މުހައްމަދު ޝޯއިބް އާއި 38 އަހަރުގެ އައިޝާއެވެ. މި ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުން ކޮންސީލުކޮށްފައިވާ މަސްތުވާތަކެތި ފެނުނުކަމަށް ކޯޓު އަމުރުން އެނގެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުން ތިން ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު އަމުރުކޮށްފައިވެއެވެ. ބަންދަށް ކުރު މުއްދަތެއް ޖަހާފައިވަނީ ޝަރީއަތް ފެށުމާ ހަމައަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ފުލުހުން ހުށަހަޅާފައިވާކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް