ހަމާސް ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރު
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ލީޑަރު ޔަހުޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފިއެވެ.
މި ޚަބަރު ހަމާސްގެ ޣައްޒާގެ އިސްވެރިޔާ ޚަލީލް އަލް ހައްޔާ ވަނީ ޓީވީ މެދުވެރިކޮށް އިއުލާނުކޮށްފައެވެ.
އިސްރާއީލުގެ ސަރުކާރާއި އަސްކަރިއްޔާއިން ވެސް ވަނީ ޣައްޒާގައި ހިންގި އޮޕަރޭޝަނެއްގައި ސިންވާރު އަވަހާރަކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ. އައިޑީއެފުން ދައްކާފައިވާ ޑްރޯން ފުޓޭޖެއްގައި ސިންވާރު ވަރަށް ބޮޑަށް ޒަޚަމްވެފައި އޮންނަ މަންޒަރު ފެނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ ހަމާސްގެ ލީޑަރު މަރާލުމަކީ ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނިމުމެއް ނޫން ކަމަށާއި، އިސްރާއީލުގެ އަސީރުން އަނބުރާ އަންނަންދެން އަސްކަރިއްޔާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދޭން ފެށި ހަމަލާގައި މިހާތަނަށް 42،438 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 99،246 މީހުން ވަނީ ޒަޚަމްވެފައެވެ. ސިންވާރު އަވަހާރަކޮށްލި ނަމަވެސް ހަމާސްއިން ބުނެފައިވަނީ އެ ޖަމާއަތުން ފަހަތަށް ނުޖެހޭނެ ކަމަށާއި އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް