ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން އައު މާސްޓަރ ޕްލޭނެއް

ދުންފަތަށް ރައްޔިތުން ހޭލުންތެރި ކުރުވުން މުހިއްމު

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އައު މާސްޓަރ ޕްލޭނެއް އެކުލަވާލަން ނިންމައިފިއެވެ.

މި ނިންމުން ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމުގައި ފާހަގަކުރެވޭފަދަ ކުރިއެރުމެއް ހޯދުމަށް އަމާޒުކޮށް، ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. މި ޕްލޭން މި މަހުގެ 27 ވަނަ ދުވަހު އޮންނަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

އައު މާސްޓަރ ޕްލޭނުގައި ހިމެނޭ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި:

1. ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށްރަށް ފާހަގަކޮށް ޚާއްޞަ އިނާމެއް ތަޢާރަފުކުރުން.

2. އިނާމު ލިބޭ ރަށްތަކުގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

3. ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން.

މި މާސްޓަރ ޕްލޭނުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ އަދި އިޖްތިމާޢީ މައްސަލަތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ. އަދި މިއީ ދުންފަތާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ދެކެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމަށްވެސް މި ޕްލޭނުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ބެލެވެއެވެ. މި މަސައްކަތުގައި ސަރުކާރުގެ އެކި އިދާރާތަކާއި، މަދަނީ ނީ ޖަމްޢިއްޔާތަކާއި، އަމިއްލަ ފަރުދުންގެ ބައިވެރިވުން ހޯދުމަށްވެސް ރޭވިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy