މޫސުމުގެ އަސަރު ދެނެގަތުމަށް އައު ނިޒާމެއް ތަޢާރަފުކުރަނީ

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް

މޫސުން ގޯސްވެ ކުރިމަތިވެދާނެ ހާދިސާތަކުގައި ކުރާނެ އަސަރު ދެނެގަނެވޭނެ 'އިމްޕެކްޓް ބޭސްޑް ވެދަ ފޯކާސްޓް' ނިޒާމެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތު އޭނާ ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވި ގޮތުގައި، މިހާރު ޤައުމީ މޫސުމާބެހޭ އިދާރާ (މެޓް) އިން ރެކޯޑުކުރަމުންދަނީ ހަމައެކަނި މޫސުން ކުރިއަށް ލަފާކުރާ ގޮތުގެ މަޢުލޫމާތެވެ. ނަމަވެސް، އައު 'އިމްޕެކްޓް ބޭސްޑް ވެދަ ފޯކާސްޓް' ނިޒާމުގެ ސަބަބުން މޫސުން ގޯސްވާ ހާލަތްތަކުގައި ކުރާނެ އަސަރުތައް ފުޅާ ދާއިރާއެއްގައި ކުރިއާލާ ދެނެގަނެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ކޮޅިގަނޑެއް ނުވަތަ ވިލާގަނޑެއް އައުމުން، އޭގެ ސަބަބުން ވަކި ސަރަހައްދަކަށް ކުރާނެ އަސަރުތައް ދެނެގަނެވޭނެ. ފެންބޮޑުވުމާއި، އުދައެރުމާއި، ރާޅުއެރުން ފަދަ ކަންކަން ވާނެތޯ، އަދި މިފަދަ އަސަރުތައް ފޯރާނީ ކޮން ހިސާބަކަށްތޯ، ކޮން ރަށްތަކަކަށްތޯ ބެލޭނެ. މިހާރު އަޅުގަނޑުމެން މަސައްކަތްކުރަމުންދަނީ މި ދިމާލަށް،" މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، މި އައު ނިޒާމު ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ތަޢާރަފުކުރުމަށް އަމާޒުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މޫސުމާ ގުޅޭ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި ރާޑަރު ނެޓްވޯކް ފުޅާކުރުމާއި، ލައިޓްނިންގ ޑިޓެކްޝަން ނެޓްވޯކެއް ޤާއިމުކުރުމާއި، އޮޓޮމެޓިކް ވެދަ ސްޓޭޝަންތައް މަރާމާތުކޮށް އަޕްގްރޭޑްކުރުން ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އައު ނިޒާމުގެ ސަބަބުން، މޫސުމުގެ ނޭދެވޭ އަސަރުތަކުން ރައްޔިތުންނަށާއި އިޤްތިޞާދަށް ކުރިމަތިވެދާނެ ގެއްލުންއްލުންތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ. އަދި ކާރިސާތަކަށް ތައްޔާރުވުމަށާއި، ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސޭހަވެގެންދާނެ ކަމަށްވެސް އުންމީދުކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy