"އިމިގްރޭޝަން ވޮޗް" އަށް ތިން މަހުގެ ތެރޭގައި 840 މައްސަލަ ހުށަހެޅިއްޖެ

އިމިގްރާޝަނުން ގެންދަވަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ރިޕޯޓްކުރުމަށް ތަޢާރަފްކުރި "އިމިގްރޭޝަން ވޮޗް" އޮންލައިން ޕޯޓަލްއަށް ތިން މަސް ތެރޭގައި 840 މައްސަލަ ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިދިޔަ ޖުލައި 17 ގައި ތަޢާރަފްކުރި މި ޕޯޓަލްއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ބިދޭސީން ވިޔަފާރިކުރާ މައްސަލަތަކެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ 221 މައްސަލަ، ވިސާ ނެތް ބިދޭސީންނާ ގުޅޭ 206 މައްސަލަ، އަދި ހަށި ވިއްކުމުގެ 50 މައްސަލަ ހިމެނެއެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި މިހާތަނަށް 596 މައްސަލަ ބަލައި ނިންމާފައިވެއެވެ. މީގެ ތެރޭގައި ސައްހަ ނޫން 174 މައްސަލައާއި ސައްހަކަން ކަށަވަރު ނުކުރެވޭ 70 މައްސަލަ ހިމެނެއެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓްކުރުމަށް އިސްކަންދީފައެވެ. މިގޮތުން މިދިޔަ 10 މަސްދުވަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދުމުގެ ރެއިޑް އޮޕަރޭޝަންތައް ވެސް އަންނަނީ ހިންގަމުންނެވެ.

މި މަސައްކަތުގެ ތެރެއިން، ގާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރި ފަށައި ފުޅާކޮށް ހިންގަމުންދިޔަ ތަރުކާރީއާއި މޭވާ ވިއްކާ ތަންތަނާއި ގެސްޓްހައުސްތަކާއި ކެއިންބުއިމުގެ ޚިދުމަތްދޭ ބައެއް ތަންތަން އިމިގްރޭޝަނުން ވަނީ  ބަންދުކޮށްފައެވެ. އަދި އެތަންތަނުގައި މަސައްކަތްކުރި ގިނަ ބަޔަކު ހުއްޓުވައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy