އިރާނުން އިސްރާއިލަށް ފޮނުވާލި ހަމަލާއެއް
މިމަހުގެ އެއް ވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކުގައި އިސްރާއީލަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު ޒަޚަމްވިކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔަދިއޮތު އަހްރަނޮތު" އިން ހާމަކޮށްފިއެވެ.
އިސްރާއީލުގެ މަސްދަރުތަކަކާ ހަވާލާދީ އެ ނޫސް ބުނާގޮތުން އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ ނުވަ އަސްކަރީ ބޭހަކަށް ގެއްލުންތައް ލިބުނެވެ. މީގެ ތެރޭގައި ނަވާތީމް ވައިގެ ބޭސްއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެފް-16 ފައިޓާޖެޓްތަކަށް ގެއްލުން ލިބުން ހިމެނެއެވެ.
އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ މަދަނީ ތަންތަނަށްވެސް ލިބުނު ގެއްލުންތައް މިހާރުވަނީ އާންމުވެފައެވެ. ޓެލްއަވީވް އާއި ހައިފާގައި ލަގްޒަރީ ކޮންޑޮމީނިޔަމް އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 138 އެޕާޓްމަންޓް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށް ބުނެވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުގެ ހަމަލާތަކުން އެ ގައުމަށް މާބޮޑު ގެއްލުމެއް ނުލިބުނު ކަމަށެވެ. އަދި އީރާނުގެ ހަމަލާތަކާ ގުޅޭ މައުލޫމާތު ހިއްސާނުކުރުމަށާއި، އެތަންތަނުގެ ފޮޓޯ ނުނެގުމަށް އާންމުންނަށް އަންގާފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް