ސަލްމާން ޚާން
ސުޕަރސްޓަރ ސަލްމާން ޚާންގެ ގެއަށް ބަޑިޖެހި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. އޭނާގެ ގެލެކްސީ އެޕާޓްމަންޓް ޢިމާރާތުގައި އިވުނު ސިއްސުވާލާފަދަ ބަޑީގެ ޙަމަލާއަށްފަހު އޭނާގެ ސަލާމަތާ މެދު ގިނަ ބަޔަކު އަދިވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ މަދު ދުވަސްކޮޅެއް ކުރިން ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ސޯމީ ޢަލީ ވަނީ 1998 ވަނަ އަހަރު މުޅި މައްސަލަ ފެށި ބްލެކްބަކް ޝިކާރަކުރުމުގެ މައްސަލައިގައި ބިޝްނޯއީ ކޮމިއުނިޓީގެ ކިބައިން ޢާއްމުކޮށް މަޢާފަށް އެދި، އެމީހުންގެ މަޢާފަށް ވެސް އެދިފައެވެ. މިހާރު ބިޝްނޯއީ ކޮމިއުނިޓީން ވަނީ އޭނާގެ ވާހަކަތަކަށް ރައްދު ދީފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަރްޕަލް ސިންގގެ އައިޑެންޓިޓީ ފެންމަތިވީ ބަޑިޖެހުމުގެ މައްސަލައާ ގުޅިގެން މި މަހުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލޯރެންސް ބިޝްނޯއީ ގޭންގުގެ އިތުރު މެންބަރެއް ކަމަށްވާ މުޙައްމަދު ރަފީޤް ޗޯދަރީއާ ސުވާލު ކުރުމުގެ މަރުޙަލާގައެވެ.
ފުލުހުން ބުނި ގޮތުގައި ހަރްޕަލް ސިންގ، ރަފީޤް ޗައުދަރީއަށް ގާތްގަނޑަކަށް ތިންލައްކަ ރުޕީސްގެ އިތުރުން ސަލްމާން ޚާންގެ ގެ ބަލާ ފާސްކުރަން އަންގާފައިވެއެވެ. އެގޮތުން އޭނާ ސަލްމާން ޚާންގެ ގެއަށް ފަސް ފަހަރަށް ވުރެ ގިނަ ފަހަރު މަޢުލޫމާތު ހޯދަން ނުވަތަ ޖާސޫސީ ޒިޔާރަތްތަކެއް ކޮށްފައިވާ ކަމަށް ބުނެއެވެ.
ސަލްމާންގެ ޢާއިލާއާއި ގާތް ރަޙްމަތްތެރިންނަށް މަހާރާޝްތުރާ ސަރުކާރުގެ އިތުރު ޙިމާޔަތެއް ދަނީ ލިބެމުންނެވެ.
ސައިކަލެއްގައި އެ ޖަރީމާ ހިންގަމުން ދިޔަ ދެމީހުން މީގެ ކުރިން ހައްޔަރުކޮށްފައިވާއިރު އެއީ ވިކީ ގުޕްތާ، 24، އާއި ސާގަރް ޕާލް، 21،އެވެ. ނަމަވެސް މި 2 މީހުންނަކީ ލޯރެންސް ބިޝްނޯއީއާ ގުޅުން ހުރި ބައެއް ކަމަށް އަދި ކަށަވަރެއް ނުވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް