މުރައިދޫގޭގެ މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރަން 241 ކޮމެޓީން ނިންމައިފި

މަޖިލިހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމެޓީން މިއަދު ހަވީރު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވާ މުރައިދޫގޭގައި އުޅޭ މުވައްޒަފުންގެ އަދަދާއި އެ މީހުންގެ މުސާރަ ހާމަކުރަން ފާސްކޮށްފިއެވެ.

މި ނިންމުމަކީ ކުރިން އެ ކޮމެޓީން ނިންމާފައިވާ ނިންމުމެއް ބަދަލުކޮށް، އަލުން ވޯޓަށް އަހައިގެން ނިންމި ނިންމުމެކެވެ. މި ބައްދަލުވުން ބޭއްވުނީ މުރައިދޫގޭގެ މުވައްޒަފުންގެ މަޢުލޫމާތު ހާމަނުކުރަން ކުރިން ނިންމި ނިންމުން ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެންނެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި ގޮތަށް، މުރައިދޫގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަނަވަރާއި އަދަދު، އަދި އެކަމަށް ހޭދަވާ މިންވަރު ހާމަކުރުމަށް ކޮމެޓީގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެއް މެންބަރަކު ފިޔަވައި އެހެން ހުރިހާ މެންބަރުން ވޯޓު ދެއްވިއެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެންބަރަކީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.

ގަފޫރު ވިދާޅުވީ މައްސަލައަށް ނިންމުމެއް ނިންމާފައިވަނިކޮށް އަލުން އެ މައްސަލަ ތާވަލްކޮށްގެން ނިންމުން ބަދަލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ކޮމެޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ އެ ގޮތަށް ނިންމުން ނިންމޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވީ އެ ގެ މަރާމާތުކުރުމަށްފަހު 25 ޖުލައިގައެވެ. މުރައިދޫގޭގެ ވެރިޔާ ނުވަތަ ޗީފް އޮފް ސްޓާފަކަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ އާދަމް ހަލީމް) ވެސް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހަމަޖައްސާފައިވެއެވެ. އަދި އެ ގޭގެ އިސް މަޤާމަކަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ޝަޚްޞިއްޔަތު އަލީ އަޝްފާގު ވެސް ވަނީ މިދިޔަ މަހު އައްޔަންކޮށްފައެވެ.

މަޖިލީހުގެ ރައީސް ހުންނަވަން ޚާއްޞަ ގެއެއް ދައުލަތުން ކަނޑައަނޑައަޅާ ގޮތަށް ހަމަޖެއްސީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 9 މޭ 2021ގައި ދިން ބޮމުގެ ހަމަލާއަށް ފަހުއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

46 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy