އިނގިރޭސިވިލާތުން ފިންލެންޑް ބަލިކުރުމަށްފަހު ގްރޫޕުގެ ދެވަނައަށް ޖެހިލައިފި

ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރުން

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗެއްގައި އިނގިރޭސިވިލާތުން ފިންލެންޑް 3-1 އިން ބަލިކޮށް ގްރޫޕުގެ 2 ވަނައަށް ޖެހިލައިފިއެވެ.

ހެލްސިންކީގައި ކުޅުނު މި މެޗުގައި އިނގިރޭސިވިލާތަށް ލަނޑު ޖަހައިދީފައި ވަނީ ޖެކް ގްރީލިޝް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އަދި ޑެކްލަން ރައިސްއެވެ. ފިންލެންޑުގެ ހަމައެކަނި ލަނޑު ޖެހީ އާރްޓޫ ހޮސްކޯނެންއެވެ.

ރޭގެ މި މޮޅާއިއެކު އިނގިރޭސިވިލާތުގެ ވަގުތީ ކޯޗު ލީ ކާސްލީ ވަނީ އޭނާގެ މަޤާމާ ބެހޭގޮތުން ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާފައެވެ. ކާސްލީ ބުނީ އިނގިރޭސިވިލާތަށް ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ، ތަށި ހޯދައި ފެންވަރު ސާބިތުކޮށްދީފައިވާ ކޯޗެއް ކަމަށެވެ. އަދި އޭނާ އަދިވެސް އެ ފެންވަރަށް ދަތުރުކުރަމުންދާ ކަމަށާއި، އެހެންކަމުން އޭނާއަކީ އެންމެ އެކަށޭނަ ކޯޗު ކަމަށް ނުބުނެވޭނެ ކަމަށެވެ.

ރޭގެ މި ނަތީޖާއާއެކު، އިނގިރޭސިވިލާތް ވަނީ ގްރޫޕުގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި އޮތީ ގްރީސްއެވެ. ހަތަރު މެޗުން 12 ޕޮއިންޓާއެކު ގްރީސް އެއްވަނައިގައި އޮތްއިރު، ދެވަނައިގައިވާ އިނގިރޭސިވިލާތަށް ލިބިފައިވަނީ 9 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އަޔަލެންޑަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފިންލެންޑް އޮތީ އެންމެ ފަހަތުގައި، ޕޮއިންޓެއް ނުލިބިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy