ލައިސަންސް ދޫކުރުމުގެ ތެރެއިން / ފޮޓޯ:އެމްއެމްއޭ
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ބޭނުންވާ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދޫކޮށްފިއެވެ.
އެމްއެމްއޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ލައިސަންސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ މެއި އި 16 ގައި އުފެއްދި މި ބޭންކުގެ އިސް މަޤާމުތަކަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުން އައްޔަންކޮށްފައިވެއެވެ. ޗެއާޕާސަންގެ މަޤާމަށް އަރޫނީ ގޫނަތިލަކަ އަދި ސީއީއޯގެ މަޤާމަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ހަމަޖައްސާފައިވެއެވެ.
މި ބޭންކުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ހަކަތައިގެ ދާއިރާ އަދި ބިނާވެށީގެ ދާއިރާގެ އިތުރުން އެހެނިހެން ތަރައްޤީގެ ދާއިރާތަކަށް އިންވެސްޓްމަންޓް ގެނައުމެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިނޭންސިންގ ހޯދުމުގެ ގޮންޖެހުންތައް ހައްލުކުރުމަކީވެސް މި ބޭންކުގެ މުހިންމު މަޤްޞަދުތަކެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ބޭންކު ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ. މި ބޭންކު ޤާއިމުވުމުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ބޭރު ފައިސާ ރާއްޖޭގައި ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް