އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އުތުރުގައި 29 މީހުން ޝަހީދުވެއްޖެ

އިސްރާއިލުން ވަނީ ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދުކޮށްލައިފަ

އިސްރާއީލުން ޣައްޒާގެ އުތުރަށް ދިން އަސްކަރީ ވައިގެ ހަމަލާތަކުގައި ގާތްގަނޑަކަށް 29 މީހުން ޝަހީދުވެއްޖެއެވެ.

ހޮނިހިރު ދުވަހު ވައިގެ މަގުންނާއި އެއްގަމު މަގުން ދިން މި ހަމަލާތަކުގައި އިސްރާއީލު ސިފައިން ވަނީ ޣައްޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ޖަބަލިއާގެ އުތުރަށް ވަދެފައެވެ.

އިސްރާއީލުން ޖަބާލިއާގެ ދެ ގެއަކާއި މެދުތެރޭ ޣައްޒާގެ ނޫސެއިރާތު ކޭމްޕަށް ހަމަލާދީ 19 މީހުން ޝަހީދުކޮށްލާފައިވާއިރު، ހޮނިހިރު ދުވަހުގެ ހަވީރު އިތުރު 10 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ޓީމަކުން ވަނީ ހާމަކޮށްފައެވެ. މި ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ ހާލު ސީރިއަސްކަމުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށްވެސް އެ ޓީމުން ބުނެއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ސަރަހައްދުގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބިއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިތުރު ދެ ސަރަހައްދަކުން މީހުން ހުސްކުރުމަށްވެސް އަމުރުކޮށްފައެވެ. ނަމަވެސް ޣައްޒާގެ ހަމާސް ޖަމާއަތުން ހިންގާ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އުތުރުގެ ސަރަހައްދުތަކަށް ބަދަލު ނުވުމަށާއި އަދި ދެކުނަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ފާއިތުވި ހަފްތާގެ ތެރޭގައި ޖަބަލިއާގައި ޝަހީދުވި މީހުންގެ އަދަދު ގާތްގަނޑަކަށް 150 އަށް އަރާފައިވާއިރު، އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މިހާތަނަށް 42,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ލުބުނާނުގައި ވެސް އިސްރާއީލުން ވަނީ ހަމަލާތައް ދެމުން ގެންދާއިރު، އެ ހަމަލާތަކުގައި ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް ލުބުނާނުގެ 1,400 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy