ވިފާގު މަރުވި މައްސަލާގައި ޖިންސީ ގޯނާގެ ހެކި ފެންނާކަށް ނެތް: ފުލުހުން

ފުލުހުންގެ މައި އިދާރާ

މާލޭގެ ނުވަ ބުރީގެ އިމާރާތަކުން މިދިޔަ އޮގަސްޓު މަހު ވެއްޓި މަރުވި ޒުވާން އަންހެނަކު ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ ކަމަށާއި، ނަމަވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުނާނުގެ މަރާ ގުޅޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށެވެ.

ޝިފާއު ވިދާޅުވީ ވިފާގަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ތަހުގީގުން މިހާތަނަށް ހޯދި ހޯދުންތަކުން އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ވެސް ފުލުހުންނާ ހަމައަށް އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިފާގު މަރުވިއިރު އޭނާއަކީ ބިކުރުވެރިއެއްކަން ފުލުހުންނަށް ޔަގީންކުރެވިފައިވާ ކަމަށާއި، އޭނާގެ ސިއްހީ ލިޔެކިޔުންތަކުން ވެސް ޖިންސީ ގޯނާއާ ގުޅޭ އެއްވެސް ކަމެއް ފެއް ފާހަގަވެފައި ނުވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

16 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

46 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy