ޒާރާ އާއި ސިޔާމުގެ ކައިވެނި ޕާޓީގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނީގެ ބޮޑު ޕާޓީއެއް ރޭ ބ. ކަމަދޫގައި ބާއްވައިފިއެވެ.
މި ޕާޓީ ބޭއްވުނީ އޮކްޓޯބަރު 10 ވަނަ ދުވަހު ސިޔާމްގެ އޮޅުވެލި ރިސޯޓުގައި ބޭއްވުނު ކައިވެނީގެ ހަފްލާއަށް ފަހުގައެވެ. ރޭގެ ޕާޓީ ބޭއްވުނީ ކަމަދޫގެ މަޝްހޫރު ގޮނޑުދޮށުގައެވެ. މި ޕާޓީގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވިއެވެ.
ޕާޓީގައި ލައިވް މިއުޒިކް ކުރިއަށް ދިޔައެވެ. އަދި ހަވާވެސް އަރުވާފައިވެއެވެ. ސިޔާމް އާއި ޒާރާ ކޭކު ކައިރީގައި ފޮޓޯއަށް ޕޯޒުދިން މަންޒަރުތައްވެސް މީސްމީޑިއާގައި ދައުރުވަމުންދެއެވެ.
ޒާރާ ސިޔާމްއާ ކައިވެނި ބައްލަވައިގަތީ ފައިސާގެ އަގަކަށް ރަން ކިޔައިގެންނެވެ. ނަމަވެސް އެ އަދަދު ކަށަވަރެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި ރަންކީ 2،024 ރުފިޔާއަށެވެ.
ސިޔާމްގެ އެހީގައި ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. އެމްޑީއޭގެ ރައީސްކަންވެސް ކުރައްވާ ސިޔާމް މިހާރުވެސް އުޅުއްވަނީ ދެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ.
ޒާރާއަކީ މިދިޔަ ބޮޑު އީދުގައި ކަމަދޫގައި ބޭއްވި ކުޅިވަރު ޝޯތަކުން މަޝްހޫރުވި ޒުވާން ނެށުންތެރިއެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް