މާލޭ މޭޔަރު އާދަމް އާޒިމް މިއަދުގެ ކޮންފަރެންސްގައި / ފޮޓޯ:އެމްޑީޕީ
މާލޭ ސިޓީ ކައުންސިލަށް މިހާރުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް މާލޭގެ މޭޔަރު އާދަަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށީގައި ބޭއްވުނު އިދދިކޮޅު އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލް ހިންގުމުގައި ސަރުކާރުގެ ފަރާތުން އެއްވެސް ހުރަހެއް ނެތް ކަމަށާއި، ކުރަން ބޭނުންވާ ކަންކަން ކުރެވެމުންދާ ކަމަށެވެ.
މޭޔަރު އާޒިމް އިތުރަށް ހާމަކުރެއްވި ގޮތުގައި، އެމްޑީޕީގެ 15 މެންބަރުންނަށް ކޮންސަލްޓެންޓުންގެ ގޮތުގައި ސިޓީ ކައުންސިލުން ވަޒީފާ ދެވިފައިވެއެވެ. މި ކޮންސަލްޓެންޓުންގެ މުސާރަ މަހަކު 30,000 ރުފިޔާއިން ފެށިގެން މަތީގައި ހުންނަ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕީއެންސީގައި ނަމަވެސް، އެ ކައުންސިލަރުންގެ އެހީތެރިކަން ލިބޭ ކަމަށް މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްގެ ބައްދަލުވުންތައް ލައިވްކޮށް ދައްކާތީ، ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި ދެކޮޅުހެދުމަށް ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޭޔަރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި، އެކަންކަން ނުކުރެވިއްޖެނަމަ އޭގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން، މާލޭގެ އާ ސަހަރާގެ މިސްކިތާއި ސަހަރާގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ހުޅުމާލޭގައި ހަދަމުންދާ ބުޅާ ފެސިލިޓީގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވެސް މޭޔަރު އާޒިމް ހާމަކުރެއްވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް