ބިގް ބޮސް އޯޓީޓީ 3ގެ ހޯސްޓަކަށް ކަރަން؟

ކަރަން ޖޯހަރް

"ބިގް ބޮސް އޯޓީޓީ 3"އިން ސަލްމާން ޚާން ނުފެނިދާނެ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސީޒަންގެ ހޯސްޓެއްގެ ގޮތުގައި ލީޑު ނަގާނީ ކާކުތޯ ސަޕޯޓަރުން ދަނީ ސުވާލު އުފައްދަމުންނެވެ. އެއް ނަމަކީ ފޭނުންގެ މެދުގައި މަގުބޫލު ޗޮއިސްއެއް ކަމަށްވާ ކަރަން ޖޯހަރެވެ. ނަމަވެސް އޭނާގެ ބިޒީ ޝެޑިއުލްގެ ތެރޭގައި އޭނާ ޝޯވ ހޯސްޓް ކުރާނެ ހެއްޔެވެ؟

މި ވާހަކަ ދަނީ އެކި ގޮތަށް ސޯޝަލް މީޑިއާގައި ދެކެވެމުންނެވެ. އެގޮތުން މި ޝޯވ ކެންސަލް ކުރި ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް "ބިގް ބޮސް އޯޓީޓީ 3" ރަނގަޅަށް ކުރިއަށް އެބަ ދެއެވެ. މިހާރު ޝޯވގެ ޕްރޮޑަކްޝަން ކުރިއަށްދާއިރު، ޝޯވ އުފައްދާ ފަރާތްތަކުން ދަނީ ހޯސްޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބިގް ބޮސް އޯޓީޓީގެ އިންތިޒާރު ކުރަމުން އަންނަ ތިންވަނަ ސީޒަންގައި އަސްލު ހޯސްޓް ސަލްމާން ޚާން މިފަހަރު ޝޯވ ހޯސްޓް ނުކުރާނެ ކަމަށް ވާހަކަ ދެކެވެމުންދާއިރު ޝޯވގެ ހޯސްޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޕްރޮޑިއުސަރުން ދަނީ ބޮލީވުޑްގެ މަޝްހޫރު އެހެން ތަރިންނާ ވެސް ވާހަކަ ދައްކަމުންނެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޕިންކްވިލާއިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސަލްމާންގެ ބިޒީ ޝެޑިއުލްގެ ސަބަބުން ޝޯވ ހޯސްޓް ނުކުރެވިދާނެ ކަމަށް ބެލެވޭތީ، މިފަހަރުގެ ޝޯވ ހޯސްޓް ކުރުމަށް ސަންޖޭ ދަތު، އަނިލް ކަޕޫރު، އަދި ކަރަން ޖޯހަރާ މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ.Karan Johar Reveals How Salman Khan Agrees To Sign Films In New KWK Promo:  'Beg, Borrow...' | Watch - News18

ޖޯހަރަކީ ބިގް ބޮސް ނުވަތަ ބިގް ބޮސް އޯޓީޓީގެ ކޮންސެޕްޓަށް އާ މީހެއް ނޫނެވެ. ފުރަތަމަ ބިގް ބޮސް އޯޓީޓީ ހޯސްޓް ކުރި ކަރަން ޖޯހަރު ވަނީ ބިގް ބޮސް 16 އަދި 17 ގެ ދެތިން އެޕިސޯޑެއް ވެސް ގެސްޓް ހޯސްޓްކޮށްފައެވެ.

ބިގް ބޮސް އޯޓީޓީ ސީޒަން 1 ދައްކާފައިވަނީ "ވޫޓް" މެދުވެރިކޮށެވެ. ކަރަން ޖޯހަރު ހޯސްޓް ކުރި އެ ޝޯވ ކާމިޔާބު ކުރި ބައިވެރިއަކީ ދިވްޔާ އަގަރްވާލްއެވެ. ޖިއޯ ސިނަމާއިން އެކްސްކްލޫސިވްކޮށް ދައްކާފައިވާ ބިގް ބޮސް އޯޓީޓީ ސީޒަން 2 ހޯސްޓް ކުރީ ސަލްމާން ޚާނެވެ. އެއްވަނަ ހޯދީ ޔޫޓިއުބަރެއް ކަމަށްވާ އެލްވިޝް ޔާދާވްއެވެ.

ބިގް ބޮސް އޯޓީޓީ 3 އާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އިއުލާނެއް ނުކުރި ނަމަވެސް، ސަޕޯޓަރުން ތިބީ ކެތް މަދުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy