ކުޑަކުއްޖަކު ލައްވާ ހައިވޭގައި ސައިކަލު ދުއްވުވި މައްސަލަ ތަޙުޤީގު ކުރަނީ

ކުޑަކުއްޖަކު ލައްވާ ސައިކަލް ދުއްވަނީ

ސިނަމާލެ ބްރިޖާ ގުޅޭ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ހުންގާނު ދީގެން ސައިކަލު ދުއްވި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފައެވެ.

މި މައްސަލަ ބެލުމަށް ފުލުހުން ނިންމީ ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯއަކާ ގުޅިގެންނެވެ.

އާންމުވި ވީޑިއޯގައި ފެންނަނީ ޕްރީ ސްކޫލް ޔުނިފޯމުގައި ހުރި ކުޑަ ފިރިހެން ކުއްޖެއްގެ އަތަށް ބޮޑު މީހަކު ސައިކަލުގެ ހުންގާނު ދީގެން ދުއްވާ މަންޒަރެވެ. ކުޑަކުއްޖާ ހުންގާނުގައި ހިފަހައްޓާލައިގެން އިންއިރު، ފިރިހެން މީހާ އިނީ ސައިކަލުގެ ކޮންޓްރޯލް ކުޑަކުއްޖާއަށް ދީގެން، އެއް އަތް ވެސް ދޫކޮށްލައިގެންނެވެ. ނަމަވެސް އަނެއް އަތުން ހުންގާނުގައި ފިރިހެން މީހާ ހިފަހައްޓައިގެން އިންތަން ފެނެއެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މި މަންޒަރު ސޯޝަލް މީޑިއާއިން ފެނުމާ ގުޅިގެން މައްސަލަ މިހާރު ތަޙުޤީޤުކުރަމުން ގެންދާ ކަމަށެވެ.

މިފަދަ މައްސަލައެއް މީގެ ކުރިންވެސް ވަނީ ރިޕޯޓުކުރެވިފައެވެ. އޭރު އާންމުވި ވީޑިއޯއެއްގައި ފެނުނީ ހުޅުލެ އާއި ހުޅުމާލެ ގުޅާލާ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލުގެ ހުންގާނު ދޫކޮށްލައިގެން، ބޮޑު މީހަކު ފަހަތުގައި އިން މަންޒަރެވެ.

މި ބާވަތުގެ ޢަމަލުތަކަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާވެ، މަގުމަތީގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންކަން ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޢަމަލުތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް އިންޒާރު ދީފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy