ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކަރ
ލިވަޕޫލްގެ ގޯލްކީޕަރު، ބްރެޒިލްގެ އެލިސަން ބެކަރގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މަހެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށް އެ ކްލަބުން ބުނެފިއެވެ.
މިއީ މި ސީޒަނުގައި އެލިސަން (32) އަށް އަނިޔާގެ ސަބަބުން މެޗުތައް ގެއްލޭ ދެވަނަ ފަހަރެވެ. ކުރިން ވެސް ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގެ ދެ މެޗެއް ވަނީ ގެއްލިފައެވެ.
ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު މި އަނިޔާގެ ސަބަބުން އެލިސަންއަށް މަދުވެގެން ހަތް މެޗު ގެއްލޭނެ ކަމަށް ލަފާކުރެވެއެވެ.
މިދިޔަ ހަތަރު ސީޒަނުގައި އެލިސަންއަށް އަނިޔާގެ ސަބަބުން ޖުމުލަ 39 މެޗު ވަނީ ގެއްލިފައެވެ. މި ފަހަރުގެ އަނިޔާއާ އެކު އެ އަދަދު 50 އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނީ، ބަދަލުގައި ކުޅޭނެ ކޮއިމްހިން ކެލަހާއަކީ ޓީމުގެ ފެންވަރު ހިފެހެއްޓޭނެ ކީޕަރެއް ކަމަށެވެ.
އެލިސަން ވަނީ 2018 ގައި ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވެ، 200 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. މި ސީޒަން ފެށުމުގެ ކުރިން އޭނާއަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ހުށަހެޅުމެއް ލިބުނުނު ނަމަވެސް، ލިވަޕޫލްގައި މަޑުކުރަން ނިންމިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް