މާލީ އިސްލާހުތައް ލަސްނުކޮށް ތަންފީޒުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އިލްތިމާސްކޮށްފި

ރާއްޖޭގެ މާލީ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައި

މިދިޔަ ފެބުރުއަރީ މަހު އިއުލާން ކުރި މާލީ އިސްލާހުތައް ލަސްނުކޮށް ތަންފީޒުކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އިލްތިމާސްކޮށްފިއެވެ.

މިއަދު ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓު އަޕްޑޭޓް" ރިޕޯޓުގައި ވޯލްޑް ބޭންކުން ބުނީ ރާއްޖޭގެ އުމްރާނީ ތަރައްގީ ދެމެހެއްޓުމަށް މާލީ އިސްލާހުތައް ލަސްނުކޮށް ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ބަދަލުވުމާއި، އާސަންދަ ނިޒާމު ހަރުދަނާކުރުމާއި، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ. އަދި ހަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ޓެކްސް ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް އަވަސްކުރުމަށް ވަނީ ގޮވާލާފައެވެ.

ވޯލްޑް ބޭންކުގެ ރީޖަނަލް ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ސިސްލެން ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އުންމީދުތައް ދެމެހެއްޓޭނީ މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދިގެން ކަމަށެވެ. މި ރިޕޯޓުން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ މިންވަރެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް މުހިންމު ނުކުތާއަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ހުރީ 442 މިލިއަން ޑޮލަރުގައި ކަމާއި، މިއީ ގާތްގަނޑަކަށް ދޮޅު މަހުގެ އިމްޕޯޓަށް ވާ މިންވަރު ކަމެވެ. އަދި ރާއްޖޭގެ ދަރަނި ބޮލަކަށް ޖެހޭ އަދަދު %110.4 ގައި ހުރިކަން ފާހަގަކޮށް، މިއީ ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށް ވޯލްޑް ބޭންކުން ވަނީ އިންޒާރުދީފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy