މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަނީ ވަރަށް ގޯސްވެފައި
އަންނަ ހޯމަ ދުވަހާއި ހަމައަށް ވައި މަޑުނުވެ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މިދިޔަ ހަތަރު ދުވަހު އުތުރާއި މެދުތެރޭގެ ސަރަހައްދަށް އާންމުކޮށް ވައި ގަދަވެފައިވާއިރު، ވިލާގަނޑުގައި ވެސް ވަރަށް ވައި ގަދަވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
ހުޅުލެއަށް ރޭ ފަތިހު އައި ވިލާގަނޑުގައި ގަޑިއަކު 58 މޭލުގެ ބާރުމިނުގައި ވައި ޖެހިފައިވާއިރު، މިއަދު ހެނދުނު 61 މޭލަށް ވައި ބާރުވެފައިވާކަން މެޓް އޮފީހުން ހާމަކޮށްފައިވެއެވެ. މިއީ އާންމު ގޮތެއްގައި ވިލާގަނޑުގައި ވައިޖެހޭ ވަރަށް ވުރެ މާ ބާރު މިނެއްކަން ފާހަގަކޮށްފައިވެއެވެ.
މެޓް އޮފީހުގެ ލަފާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަފާތު މިންވަރަށް ވައި ގަދަވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މެދުތެރޭގެ އަތޮޅުތަކަށް އެވްރެޖުކޮށް 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައި ބާރުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސ ގޯސްވެފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި މަސްވެރިން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. އަދި އާންމުކޮށް އުދަ އަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް އިންޒާރު ދީފައިވެއެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް