ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުން

ރައީސް މުއިއްޒު މާލެ ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވަނީ

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް، އަވައްޓެރި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުންނާއި 10 މިނިސްޓަރުން ހިމެނޭ ގޮތަށް 50 ބޭފުޅުންގެ ވަފުދެއް އިންޑިއާއަށް ކުރެއްވި މި ދަތުރަކީ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާ ސަރުކާރުގެރުގެ އިސް ބޭފުޅުންނާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވައިފަ އެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އާ ފަސް ފަހުމުނާމާއެއްގައި ސޮއިކުރިއެވެ. އިންޑިއާގެ އެހީގައި ހިންގާ ބައެއް މަޝްރޫއުތައް އިފްތިތާހު ކުރުމުގެ އިތުރަށް، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ބައެއް ކަންކަން ހަމަޖައްސައިދިނެވެ. އެގޮތުން މެއި މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދިނެވެ. އަދި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީސް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދިނެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން މުމްބާއީއާއި، އާގުރާއާއި، ބެންގަލޫރަށް ވެސް ވަޑައިގެންފަ އެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރެއްވި ދެ ވަނަ ދަތުރުފުޅެވެ. ނަމަވެސް، މިއީ އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރާއްޖެ-އިންޑިއާ ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭތީ އެ މުނާސަބަތު ފާހަގަ ކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދެއްވި ދައުވަތު މޯދީ ވަނީ ގަބޫލު ކުރައްވައިފަ އެވެ. އެ ދަތުރުވާނީ މި ސަރުކާރުގައި މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށެވެ.

މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އިގުތިސާދީ އަދި ސިޔާސީ ގޮތުން ރާއްޖެއަށް ލިބޭނެ ފައިދާތައް އިތުރުވާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަން ޙައްލުކުރުމަށް އިންޑިއާއިން ދެއްވި އެހީތެރިކަމަކީ މި ވަގުތަށް ވަރަށް މުހިންމު އެހީތެރިކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްގީގެ މަޝްރޫއުތަކާއި އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

19 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

11 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

23 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy