އިންޑިއާއާއެކު ގުޅުން ބަދަހިކުރަނީ މެނިފެސްޓޯގައި ބަޔާންކުރި ސިޔާސަތާ އެއްގޮތަށް: ރައީސް މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާގެ އެންމެ އިސްވެރިންނާއިއެކު

މި ސަރުކާރުން އިންޑިއާއާ އެކު ގުޅުން ބަދަހިކުރަމުންދަނީ، މެނިފެސްޓޯ ލޯންޗު ކުރުމާއެކު ފުރަތަމަ ދުވަހު ވެސް އިއުލާނު ކުރެއްވި ހާރިޖީ ސިޔާސަތާ އެއްގޮތަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާއަށް މިވަގުތު ކުރައްވަމުންދާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި އެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު އިސްކުރުމުގެ ސިޔާސަތެކެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް ފަހިވާ ގޮތަށް ކަންކަން ފަހިކުރެވޭ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކުގައި ގާތް ގުޅުން ބާއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ގާތް ގުޅުން ބާއްވާ އިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވޔަތްވާކަން އަބަދުމެ ކަށަވަރުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ މި ދަތުރަކީ، ރާއްޖެއިން ކަނޑައެޅި މަގުސަދު ހާސިލްކުރެވުނު ކާމިޔާބު ދަތުރެއް ކަމަށާއި، އިންޑިއާއާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ވަރުގަދަވުމުން މި ސަރަހައްދުގެ އަމާންކަމާ ރައްކާތެރިކަން އިތުރުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ކަންކަން ދިޔަ ގޮތަށް މި ސަރުކާރުގައި ވެސް ކަންތައް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައިން ހީވި ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށެވެ. އަދި "އަޅުގަނޑުމެންގެ ގައުމުގައި އިންޑިއާ ސިފައިންނެއް ދެން ނުތިބޭނެ،" ކަމަށާއި، އެކަމަށް މިހާރު ދާއިމީ ހައްލެއް އައިސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ދަތުރުގައި ސޮއި ކުރެވުނު މެރިޓައިމް ސެކިއުރިޓީ އެގްރިމެންޓަކީ ސިޔާސަތާ އެއްގޮތަށް ބައްޓަން ކޮށް، އެންމެންނަށް ފެންނަ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ބައެއްގެ އަތް މައްޗަށް ކަންކަން ދޫކޮށްލާ ވާހަކައެއް އޭގައި ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނިންމާލަމުން ރައީސް އެދިވަޑައިގަތީ، ހުރިހާ ބޭފުޅުން ވެސް މިކަންކަމުގެ ހަގީގަތް ބައްލަވައިގެން، ސަރުކާރުގެ ދެފުށްފެންނަ ހާރިޖީ ސިޔާސަތުގެ ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށެވެ. "އެހެން ބަޔަކު ދައްކާ ވާހަކައަކަށް، އަޅުގަނޑުމެންގެ ގައުމުގެ ކަންކަމުގައި ފިކުރު ނުކުރައްވާ. ހަގީގަތް ސާފުކޮށް ފެންނަން އޮތީ،" ރައީސް ވިދާޅުވިއެވެ.

މި ބަސްތަކުން ދޭހަވަނީ، ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ގުޅުން ބަދަހިކުރަމުންދަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިފަހައްޓައިގެން، ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ފެތުރޭ ދޮގު މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy