އިނިއެސްޓާ ދުނިޔޭގަ އުފެދުނު އެންމެ މޮޅު މިޑްފީލްޑަރ
ސްޕެއިނާއި ބާސެލޯނާގެ ލެޖެންޑް، އަންދްރެސް އިނިއެސްޓާ (40 އަހަރު) ފުޓްބޯޅަ ކުޅުމުން ރިޓަޔާވެއްޖެއެވެ. ފުޓްބޯޅަ ކުޅުން ހުއްޓަލި ނަމަވެސް، އޭނާ ވަނީ ފުޓްބޯޅައާ ދުރުނުވާނެ ކަމަށް ބުނެފައެވެ.
މި މަހުގެ 8 ވަނަ ދުވަހު ބާސެލޯނާގައި ބޭއްވުނު ހާއްސަ އިވެންޓެއްގައި އިނިއެސްޓާ ބުނީ މިއީ އޭނާގެ ހަޔާތުގައި އެންމެ ހިތްދަތި އެއް ނިންމުން ކަމަށެވެ. "ދަނޑުމަތީގައި އަހަރެންގެ ހުރިހާ ކަމެއް މި ނިމުނީ. ފުޓްބޯޅައާ ދުރުގައި އަހަންނަށް ނުހުރެވޭނެ. އަހަރެންގެ ދިރިއުޅުމުގެ ބައެއް މިއީ، އަހަރެންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ކުރިއަށްދާނީ ވެސް،" އޭނާ ބުންޏެވެ.
އިނިއެސްޓާގެ 23 އަހަރުގެ ޕްރޮފެޝަނަލް ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ބާސެލޯނާއަށް 29 ތަށި ހޯދައިދިނުމާއި، ސްޕެއިނަށް 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އޭނާ ވަނީ 2008 އަދި 2012 ވަނަ އަހަރުގެ ޔޫރޯ ކަޕް ކާމިޔާބުކޮށް، ސްޕެއިނުގެ ގައުމީ ޓީމަށް 131 މެޗު ކުޅެދީފައެވެ.
އިނިއެސްޓާ ވަނީ ބާސެލޯނާގެ އިތުރުން، ޖަޕާނުގެ ވިސެލް ކޯބޭ އަދި ދުބާއީގެ އެމިރޭޓްސް ކްލަބަށް ކުޅެދީފައެވެ. އޭނާގެ ފުޓްބޯޅައިގެ ހުނަރުވެރިކަމާއި ވިސްނުންތެރިކަމުގެ ސަބަބުން ފުޓްބޯޅައަށް ލޯބިކުރާ އެންމެގެ ހިތްތަކުގައި އޭނާގެ ނަން އަބަދުވެސް ދެމިހުންނާނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް