ކަޝްމީރު އިންތިޚާބުގައި ބީޖޭޕީއަށް ބާރު ގެއްލި، އެންސީއަށް ކާމިޔާބު

އިންޑިއާގައި މޯދީއަށް އޮތް ތާއީދު ގެއްލެން ފަށައިފި

އިންޑިއާ ފަޅީގެ ކަޝްމީރުގައި ބޭއްވުނު އިންތިޚާބުގައި، މޯދީގެ ބީޖޭޕީއަށް ބާރު ގެއްލި، ކަޝްމީރުގެ މިނިވަންކަމަށް ތާއީދުކުރާ ނޭޝަނަލް ކޮންފަރެންސް (އެންސީ) އަށް އެންމެ ގިނަ ގޮނޑި ލިބިއްޖެއެވެ.

މި އިންތިޚާބުގައި އެންސީއަށް 42 ގޮނޑި ލިބުނު އިރު، ބީޖޭޕީއަށް ލިބިފައިވަނީ 29 ގޮނޑިއެވެ. އެންސީއާއި ކޮންގްރެސް ކޯލިޝަނަށް ޖުމްލަ 48 ގޮނޑި ލިބި، ސަރުކާރު އެކުލަވާލުމަށް ބޭނުންވާ އަޣުލަބިއްޔަތު ވަނީ ހޯދާފައެވެ.

މިއީ ފާއިތުވި 10 އަހަރު ތެރޭ ނެގުނު މިފަދަ ފުރަތަމަ ވޯޓެވެ. އަދި 2019 ގައި މޯދީ ސަރުކާރުން ކަޝްމީރުގެ ޚާއްޞަ ބާރުތައް ނިގުޅައިގަތުމަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.

އެންސީގެ ލީޑަރު އުމަރު އަބްދުﷲ ވިދާޅުވީ ރައްޔިތުން އުންމީދުކުރި ވަރަށްވުރެ ބޮޑަށް އެ ޕާޓީއަށް ތާއީދުކޮށްފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ އަމާޒަކީ ފުލުހުންގެ ބާރުވެރިކަން ނައްތާލައި، ޖަލުތަކުން މީހުން މިނިވަންކޮށް، މީޑިއާ މިނިވަންކުރުން ކަމަށް ވިދާޅުވިއެވެ.

މި އިންތިޚާބުގެ ނަތީޖާއާއެކު، ކަޝްމީރުގައި އަމިއްލަ ސަރުކާރަކާއި ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހެއް ޤާއިމުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ނަމަވެސް ކަޝްމީރަކީ "ޔޫނިއަން ޓެރިޓަރީ" އެއްގެ ގޮތުގައި ދެމިއޮންނާތީ، ނިއު ދިއްލީއިން އެސެމްބްލީއަށް ބާރު ފޯރުވުމުގެ ފުރުޞަތު އޮންނާނެއެވެ.

އެންސީގެ އެތައްސަތޭކަ އެކްޓިވިސްޓުންނެތް ވަނީ މި ކާމިޔާބީ ފާހަގަކުރުމަށް ވޯޓު ގުނާ މަރުކަޒުތަކުގެ ބޭރުގައާއި ކާމިޔާބުކުރި ކެންޑިޑޭޓުންގެ ގެތަކަށް އެއްވެ އުފާ ފާޅުކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

49 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy